ބްރިޖާއި ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ މިއަދު އިރުއޮއްސި 6:48 އެހާކަންހާއިރު ހުޅުމާލެއިން މާލެއަށް ހައިވޭގައި ދަތުރުކުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އެއީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ބޯ ފަޅައިގެން ގޮސް އެތައް އަނިޔާއެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
    
    ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް އަނިޔާވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            