ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް މާ ފިނިކަމަށާއި، އެހެންކަމުން ކުރެވެނީ ބޭކާރު ޚަރަދުތަކެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އައު ޓާމިނަލްގެ ފިނިހޫނުމިން ހުރީ 15 ޑިގްރީ ސެލްޝިއަސްގައި ކަމުން، އެތަން މާ ފިނިކަމަށާއި ކުރެވެނީ ބޭކާރު ޚަރަދުތަކެއް ކަމަށެވެ.
އޭގެ ބަދަލުގައި އެތަނުގެ ފިނި ހޫނުމިން 20 އާއި 25 ދެމެދުގެ ޑިގްރީގައި ބެހެއްޓުމަކީ މާ ބޮޑަށް ވެސް ހަމަޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އައު ޓާމިނަލް ބޭނުންކުރަން ފެށީ މި އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށެވެ. އޭގެ ފަހުން އެ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން އަދިވެސް ދަނީ ކުރަމުންނެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރި 78 ހާސް އަކަ މީޓަރުގެ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ.
ރައީސް ނަޝީދު ވިދާޅުވަނީ އައު ޓާމިނަލް މާ ފިނިކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ