ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމް ކެޕްޓަނަކަށް އައިދު

ލަންކާގައި މިއަދު ފަށާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ވެލެންސިއާގެ ޒުވާން ފޯވާޑް އައިދު މުޙައްމަދު ޖަވީޒު ހަމަޖައްސައިފިއެވެ. މި މަހުގެ 15 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ އިންޑިޔާއާއެވެ. އެއަށްފަހު މިމަހުގެ 19 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އައިދު އާއެކު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ސޮބާހް -- އައިދު އަކީ ރާއްޖޭގައި މިހާރު ތިބި އެންމެ އުންމީދީ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުލަބު ވެލެންސިއާގައި އޭނާ ދައްކާ މޮޅު ކުޅުމަށެވެެ. އެގޮތުން އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން އައިދު ވަނީ ވެލެންސިއާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުންގެ ފޮޓޯ--- މުބާރާތް ފެށުމުގެ ކުރިން ބޭއްވި ކެޕްޓަނުންގެ ފޮޓޯ ޝޫޓުގައި ވެސް އައިދު ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ