ފޮރިން މިނިސްޓަރު ޚަލީލު ގަތަރަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގަތަރަށް ފުރާވަޑައިގެންފި އެވެ.ހަލީލު ވިދާޅުވީ ގަތަރަށް ރޭ ފުރާވަޑައިގަތީ އަރަބް އިސްލާމިކް ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ގްރޭޓަރ އިޒްރޭލް"ގެ ނަމުގައި އަރަބި އިސްލާމީ ގައުމުތަކުން ބައެއް ހިފުމަށް ޕްލޭންތަކެއް އޮތްކަން މިދިޔަ މަހު ހާމަކޮށްފައެވެ. މި ޕްލޭންގައި ގާޒާގެ އިތުރުން ލެބަނޮންއާއި ސީރިއާއާއި މިސްރާއި ޖޯޑަންގެ ބައެއް ހިފުމަށް ނަތަންޔާހޫ ވަނީ ނިންމާފަ އެވެ.ހަލީލު، ގަތަރަށް ފުރާވަޑައިގެންފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖާމައަތުން ގަތަރުގައި ބޭނުންކުރާ އިމާރާތަކަށް އިޒުރޭލުން ހަމަލާދީފައިވާތީ އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒުރޭލުގެ ހަމަލާ ކުށްވެރިކުރަމުންދާ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ