ތޫފާނުން ގެއްލުންވި ގައުމުތަކަށް އެމްފައިސާ އިން އިތުރު ޗާޖަކާ ނުލާ ފައިސާ ފޮނުވޭނެ
ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެމް ފައިސާ މެދުވެރިކޮށް، އިތުރު ފީއަކާ ނުލާ، ބައިނަލް އަޤްވާމީ މަނީ ޓްރާންސްފާ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސް އިން އިއުލާން ކޮށްފިއެވެ. އުރީދޫ އިން ބުނީ މި ލިމިޓެޑް ޓައިމް އޮފާ ފަރުމާކޮށްފައި ވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ގޮތުން މި މަހުގެ އެކަކުން ފެށިގެން 31ގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް ފައިސާ ފޮނުވޭނެކަމަށެވެ. އެގޮތުން ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ރައްކާތެރިކަމާއި އެކު ފައިސާ ފޮނުވޭނެކަމަށެވެ.މި އޮފާގެ ތެރެއިން އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެއެވެ. މި ހިދުމަތަކީ މަނީގްރާމް އާ ޕާޓްނަވެގެން ކުރިއަށް ގެންދެވޭ ޚިދުމަތެކެވެ. މި ހިދުމަތުން ލިބޭނެ ފަސޭހައަކީ: • ތޫފާނުގެ އަސަރު ކޮށްފައިވާ ބައެއް ގައުމުތަކަށް ޓްރާންސްފާ ފީއެއް ނުނަގާނެ• ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފަރ ލިމިޓް ލިބި، ފޯމު ފުރަން ނުޖެހޭ، ސަފުގައި މަޑު ކުރަން ނުޖެހި ޑިޖިޓަލީ ފައިސާ ފޮނުވާލުން.• އެމްފައިސާ އެޕް މެދުވެރިކޮށް ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން.މީގެ އިތުރުން ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފާ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެއެވެ. މި މަސައްކަތާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަ ޚާލިދު އަލް ހަމާދީ ވިދާޅުވީ ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އަދި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭކަމަށެވެ. ޓްރާންސްފަ ފީ އާނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީއަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުން، އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން. އޭނާ އިތުރަށް ވިދާޅުވީ މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމައިއަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ