ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް ، މުޙައްމަދު ވިޝާހު ޢަލީ (24އ) އެވެ. މީނަ ހައްޔަރުކޮށްފައިވަނީ ލ.ފޮނަދޫ އިން މާވަށަށް ދަތުރު ކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މި އޮޕަރޭޝަން ހިންގީ މަހުގެ 24 ވަނަ ދުވަހު މާވަށުގައި މަސައްކަތްކުރާ ފުލުހުންނެވެ.
ލޯންޗުގައި އެވަގުތު އިން މުޙައްމަދު ޢަލީ ވިޝާހު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅު ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 2.52 ގްރާމެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މިމައްސަލަ މާވަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ އިރު މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން ފުލުހުން ވަނީ "އޮޕަރޭޝަން އަލިމަގު" ނަމުގަ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.
މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ވަނީ ފެނިފައެވެ. އެގޮތުން 188،959.84 ރުފިޔާ އެތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
2.52 ގްރާމްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ