ޕޮލިސް ކޮމިޝަނަރު ނަވީނާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން ފާސްކޮށްފި

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭހެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން މިއަދު ފާސްކޮށްފި އެވެ.އެގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމެޓީގެ ސިއްރު ބައްދަލުވުމުގަ އެވެ.އެނގިފައިވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ބަލަމުން އައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި، އެ ކޮމިޓީން ޕޮލްކޯގެ މައްސަލަ ބެލިއިރު، ލިބުނު ބައެއް މައުލޫމާތުތަކާ ގުޅިގެން، ޕޮލްކޯގެ މައްސަލައާ ނުގުޅޭ ބައެއް އެހެން މައްސަލަތައް ބަލަން އެންގުމާއި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާދިނުން ވެސް ހިމެނޭކަމަށް އެނގިފައިވެ އެވެ.އެނގިފައިވާ ގޮތުގައި ފިޔަވަޅު އަޅަން ލަފާދޭން ކޮމިޓީން ފާސްކުރީ:ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީންއެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މޫސާ އަލީއެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުއްރަހުމާންއެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް،، މުހައްމަދު ރަޝީދު (މޮންސި)އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ބަޝީރުއެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުސުޕްރިޑެންޓް އޮފް ޕޮލިސް، އިސްމާއިލް ޝަމީމް އާދަމްއޭގެތެރެއިން ދާއޫދު އާއި ޝަމީމްގެ މައްސަލަ ކޮމިޓީން ބެލީ ވިސްލްބްލޯވަރަކު ފޮނުވި ސިއްރު ސިޓީއަކާ ގުޅިގެން ކަމަށް ބުނެ އެވެ. ޝަމީމްއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގެ ހެޑް އެވެ.އޭގެއިތުރުން ފުލުހުންގެ ކޮއްތު ފައިސާގެ ބަޖެޓު ވެސް ފުލުހުންނަށް ދިނުން ހުއްޓާލުމަށްފަހު، އެ ފައިސާ ވަކިވަކި ފުލުހުންނަށް ދިނުމަށް ވެސް މިއަދު ފާސްކުރި ރިޕޯޓުގައި ހިމަނާފައިވާ ކަމަށް އެނގިފައިވެ އެވެ.މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.މާލިއްޔަތު ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގެ މުގައްރަރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރިން ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވަރު ކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށެވެ. އަދި ޕޮލްކޯ އާއި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އަށް ވެސް ހާއްސަ އެންގުންތަކެއް އެ ކޮމިޓީން އަންގަން ނިންމާފައިވާ ކަމަށް ނާޒިމް ކުރިން ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ