އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން ދިމާވި ބޭސްތަކަކީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތަކެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޑީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް އެކުލެވޭތީ އެ ބޭސް ބޭނުން ކުރުމާއި ވިއްކުން މަނާކޮށް ސައުތު އީސްޓް އޭޝިއަން ރީޖަން ނެޓްވޯކުން އެލާޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ޑީއީޖީ ހުރެގެން ވިއްކުމާއި ބޭނުންކުރުން މަނާކުރި ބޭސް އުފައްދާ ތިން ކުންފުންޏަކީ ވެސް އެމްއެފްޑީއޭން ބޭސް އެރެތެކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް ނޫން ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެ ކުންފުނިތަކުން އުފައްދާ ބޭސް ރާއްޖެއަށް ބޭސް އެތެރެކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް އެމްއެފްޑީއޭން ބުންޏެވެ.
ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި، ބައެއް ފަހަރު އަމިއްލައަށް ވެސް އެ ގައުމުން ބޭސް ގެންނާތީ ސަމާލުވުމަށް އެމްއެފްޑީއޭން އިލްތިމާސްކުރެ އެވެ.
އެމްއެފްޑީއޭން ބުނީ:
ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް
ހާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގައި މިހާރު ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާ ކަމަށް
ކެއްސުމާއި ރޯގާއަށް ދޭ ކުޑަކުދިންގެ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުވާ ލެބޯޓްރީ ތަހުލީލު ރިޕޯޓުން ބޭހުގައި ކެމިކަލް ނެތްކަން ކަށަވަރު ކުރޭ
ކުޑަކުދިން މަރުވި ވިހަ އެކުލެވޭ ބޭސް ރާއްޖޭގައި ނުވިއްކާ: އެމްއެފްޑީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ