ދޯހާ މެރަތަން އަށް ދާން އުރީދޫން 15 ފުރުސަތެއް

އުރީދޫ ގްރޫޕުން ގަތަރުގެ ދޯހާގައި ބާއްވާ މެރަތަންގައި ރާއްޖެއިން ބައިވެރިވާ 15 ދުވުންތެރިއެއްގެ ރަޖިސްޓްރޭޝަން ފީ އުރީދޫން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ 15،000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު އެ މެރަތަން ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ.މި މެރެތަން އަށް ދާން ބޭނުންވާ ދިވެހި 15 ދުވުންތެރިއެއްގެ ރެޖިސްޓްރޭޝަން ފީ ސްޕޮންސަކޮށްދޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.މި ދުވުމުގައި ބައިވެރިވެވޭނީ ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއްގައި ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ލިބިފައި ހުރި، މީގެކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއްގައި ދުވެފައިވާ މީހުންނަށެވެ. އަދި ގަތަރަށް އެތެރެވުމުގެ ޝަރުތު ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮންނަ މީހުންނަށެވެ. ދޯހާ މެރަތަން އަކީ ކޮންމެ އަހަރަކު ވެސް އުރީދޫ ގްރޫޕުން ގަތަރުގައި ބާއްވާ ދުވުމެކެވެ. މި ދުވުމުގައި 15،000 އެއްހާ މީހުން ބައިވެރިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ