ހުސްވި ސެޕްޓެމްބަރު މަހު ވަގަށް ނެގި 109 ސައިކަލު ފުލުހުން ހޯދައިފިއެވެ.
އެ އިދާރާއިން މިއަދު އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުގައިވަނީ މާލެ ފްރޮންޓްލައިން ޕޮލިސިންއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތެވެ.
އެގޮތުގެ މަތިން މާލެއިން ވަގަށް ނެގި 109 ސައިކަލު ފުލުހުން ހޯދާފައިވާއިރު އޭގެ ޖުމްލަ އަގު 6،878،766 ރުފިޔާ އަށް އަރައެވެ. އަދި ވަގަށް ނަގާފައިވާ ފައިސާގެ 20 މައްސަލައަކުން 588،823 ރުފިޔާ، ފުލުހުން އަނބުރާ ހޯދާފައިވެއެވެ. އަދި 13 ފޯނު ރިކަވާ ކޮށްފައިވާއިރު އޭގެ ޖުމްލަ އަގު 154،562 ރުފިޔާ އަށް އަރައެވެ.
އެހެނިހެން އިލެކްޓްރޮނިކްސްއަށް ބަލާއިރު، 32،300 ރުފިޔާގެ އަގުހުރި އަށް އިލެކްޓްރޮނިކްސް ފުލުހުން ވަނީ ރިކަވާކޮށްފައެވެ. އަދި 39 މައްސަލައެއްގައި ޖުމްލަ 43،115 ރުފިޔާގެ އަގުހުރި އެހެނިހެން ތަކެތި ވެސް ފުލުހުން ވަނީ އަނބުރާ ވަނީ ހޯދާފައެވެ. އަދި ބިދޭސީންނާ ގުޅޭ މައްސަލައެއްގައި އެކަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އަދި އެ މަހު ފުލުހުން ޖުމްލަ 109 ސީން އަކަށް އެޓެންޑުވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 71 މައްސަލަ ހިމެނޭއިރު ދެވަނައަށް އެންމެ ގިނައިން އެޓެންޑްވެފައިވަނީ މާރާމާރީގެ މައްސަލަތަކުގައެވެ. އެއީ މާރާމާރީގެ 16 މައްސަލައެވެ. އަދި ފޭރުމުގެ 12 މައްސަލައަކަށް ފުލުހުން އެޓެންޑްވެފައިވާއިރު އެކްސިޑެންޓުގެ 10 މައްސަލައަކަށްވެސް ފުލުހުން އެޓެންޑްވެފައިވެއެވެ.
އަދި ހަމަ އެހެންމެ ވެހިކަލް ޗެކް ޕޮއިންޓްތަކުން 86 ވެހިކަލް ފާސްކޮށްފައިވާއިރު ފައި މަގުގައި މާލޭގެ އެކި ސަރަހައްދުތައް ވެސް ވަނީ ޕެޓްރޯލްކޮށްފައެވެ. އަދި 5،264 މީހުން ހުއްޓުވާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހުސްވި ސެޕްޓެމްބަރު މަހު ވަގަށް ނެގި 109 ސައިކަލާއި 588،823 ރުފިޔާ ފުލުހުން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ