'ވިލުންތެރި ރާއްޖެ 2045' އެކުލަވާލާ ޓީމުން ހިޔާލު ހޯދުމުގެ ދަތުރުތަކެއް ކުރަނީ

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.
ތަފްސީލް - 'ވިލުންތެރި ރާއްޖެ 2045'ގެ ނަމުގައި އެކުލަވާލާ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެ މަސައްކަތްކުރާ ނެކްސިއާ މޯލްޑިވްސްގެ ޓީމުތަކުން ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 
މި ދަތުރުތަކުގައި ބާއްވާ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށާއި އާންމު ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ވެސް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
 މާދަމާ ފަށާ މި ދަތުރުތަކުގައި އެންމެ ފުރަތަމަ ދިއުމަށް ކަނޑައަޅާފައި ވަނީ މާލެ އަތޮޅު ގުރައިދޫއަށެވެ.
އެގޮތުން:
މި ޓީމު މާދަމާ ގުރައިދޫއަށް ޒިޔާރަތްކޮށް ގުރައިދޫގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރާނެ 
ރާއްޖޭގެ ކުރިމަގާއި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ އާއި ތަސައްވުރާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދާނެ
މި މަސައްކަތްކުރާ ޓީމުން ބުނިގޮތުގައި 2025 އިން 2045 އަށް އަމަލު ކުރަން ރާވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނަކީ ރާއްޖޭގެ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. އެގޮތުން ބުނީ:
މި ޕްލޭނަކީ 2040 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތެއް
20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުން 
 ދުނިޔޭގެ އިގްތިސާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އަދި ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި އެކަންކަމުން އަރައިގަނެވޭނެ ގާބިލުކަން ހުރި ވިލުންތެރި ރާއްޖެއެއް ބިނާކުރުން
ދުނިޔޭގެ އިގްތިސާދީ އަދި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ދިވެހިން ސާބިތުކަންމަތީ ދެމިތިބެ ގައުމުދެކެ ލޯބިވާ ގައުމީވަންތަ އުފާފާގަތި ރާއްޖެއެއް ބިނާކުރުން 
ވޭތުވެދިޔަ ތާނގައި ތަރައްގީއަށްޓަކައި ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކުން ލިބެން ހުރި މައުލޫމާތުގެ އަލީގައި ރާއްޖޭގެ ކުރިމަގު ބިނާކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ