ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލޭންޑަށް
މިދިޔަ ބުދަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވި ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލޭންޑަށް ފުރުވައިފިއެވެ. އެ ދުވަހުގެ މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ. https://sun.mv/214471 އަލުން ކަރަންޓު ދޭން، ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލަ ހައްލު ކުރަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާ ލިބި ހުޅުމާލެ ހޮސްޕިޓަލުގައި އެ ދުވަހު ފަރުވާ ދޭން ފެށިކަމަށް ސްޓެލްކޯއިން ބުންޏެވެ. https://x.com/STELCOMALDIVES/status/1995344363036237891?s=20 އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ދެމުން މިއަދު ސްޓެލްކޯއިން ބުނީ އެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި އަހަރު ތެރޭ މުޅި މާލެއާއި ހުޅުމާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވެއެވެ. އެ މައްސަލައިގައި ޚާއްސަ ތަހުގީގެއް ވެސް ފުލުހުންނާއި ސްޓެލްކޯއިން ހިންގިއެވެ. އޭގެ އިތުރުން ވެސް ދޭތެރެއަކުން މާލެއާއި ހުޅުމާލެއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކަރަންޓު ކަނޑައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ