9،000 ބިދޭސީން ޑީޕޯޓުކޮށްފި، ސައްހަ ވޯކް ޕާމިޓެއް ހޯދަން ތިން މަހުގެ މުއްދަތެއް ދެނީ

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ 9،000އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްލާފައިވާ ކަމަށް ވިދާޅުވެ، ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް ބިދޭސީން އުޅުމަކީ "ހައްދުން ނައްޓާފައި" އޮތް މައްސަލައެކެވެ. ވިޔަފާރިތަކާއި ގިނަ މަސައްކަތްތައް ރާއްޖޭގައި ކޮށްއުޅެނީ އެ މީހުންނެވެ. އެ މައްސަލައަށް ހައްލެއް ގެނެސް، ބިދޭސީންގެ ބަޔޮމެޓްރިކް އެއްކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މިހާތަނަށް 202،000 ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން -- ސަން ފޮޓޯ/ މޫސާ ނަދީމް މިނިސްޓަރު ވިދާޅުވީ، ކުރަނގި އޮޕަރޭޝަނުގެ ދެވަނަ މަރުހަލާ ފަށާނީ އަންނަ މަހު އެކެއްގައި ކަމަށެވެ. އެ ދުވަހުން ފެށިގެން އޭޕްރީލް ދެވަނަ ދުވަހުގެ ނިޔަލަށް ބިދޭސީން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ އެކިއެކި އެމްޕްލޯޔަރުންނާ ޖެހިފައި ހުރި މައްސަލަތަކުގައި އެމްޕްލޯޔަރުންނާ ވަކިވެ، މަގުމަތީގައި އުޅެމުން އަންނަ ބިދޭސީންނާއި ފިލައިގެން އުޅެމުން އަންނަ މީހުންނަށް ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަހުގެ ފުރުސަތު މި އަރުވަނީހޯމް މިނިސްޓަރު އަލީ އިހުސާން ކުރަނގި އޮޕަރޭޝަނުގެ އެންމެ ފަހު މަރުހަލާ ފަށާނީ އަންނަ އޭޕްރީލް ދެވަނަ ދުވަހެވެ. މެއި އެކެއް، 2027ގެ ނިޔަލަށް ކުރިއަށްދާ އެ މަރުހަލާގައި އެ ވަގުތާ ހަމައަށް ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހައްޔަރުކުރުމުގެ ބިޔަ އޮޕަރޭޝަނެއް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާރުކޭޓު ސަރަހައްދުގައި ބިދޭސީއަކު އަލުވި ބަސްތާ ގުދަން ކުރަނީ: ސައްހަ ވޯކް ޕާމިޓެއް ހޯދަން ބިދޭސީންނަށް ތިން މަހުގެ މުއްދަތެއް ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެކަމުގެ ނަތީޖާއެއްގެ ގޮތުން، އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތުތައް އެނގި، ދިވެހީންނަށް ޒިންމާ ކުރެވޭނެ ބިދޭސީންނަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://sun.mv/215500 އޭގެއިތުރަށް، މިނިސްޓަރު ވިދާޅުވީ، މިދިޔަ މަހުގެ 15އިން ފެށިގެން މިއަދާ ހަމައަށް ފިންގަޕްރިންޓު ނުދީ އުޅުނު 509 ބިދޭސީން އިމިގްރޭޝަނުން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަދަދާ އެއްކޮށް، މިދިޔަ ދެ އަހަރުން 9،697 ބިދޭސީން ޑީޕޯޓުކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ބިދޭސިން ގަވާއިދަށް ފެއްތުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ