ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ ތެރެއިން ކޭބަލަށް ލިބުނު ގެއްލުމެއްގެ ސަބަބުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެފައިވާ ކަމަށާއި، މިހާރު ދަނީ ވީ އެންމެ އަވަހަކަށް ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުނއ ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
މިކަމުގެ ސަބަބުން ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6 އަދި 7 ގެ އިތުރުން ވިނަރެސްގެ 10 ޓަވަރާއި، އަމާން ދޯދި 12، 13، 14، 15 އަދި 16 ވަނަ ޓަވަރުންނެވެ. މީގެއިތުރުން ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް 5 އަދި 6 ވަނަ ޓަވަރާއި، އެމްޕީއެލް ޓަވަރުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ހުސްވި ހަފްތާގައިވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވެއެވެ. އެފަހަރު ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.
ހުޅުމާލެއިން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ ތެރެއިން ކޭބަލަށް ގެއްލުން ވެގެން: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ