އެމްޕީއެލް ބަނދަރުގައި މީހަކަށް ފިޓްޖެހިގެން 2 ބޯޓު ދޭތެރެއަށް ވެއްޓި މަރުވެއްޖެ

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދިޔަ މީހަކަށް ފިޓްޖެހިގެން، އެ ބަނދަރުގައި އޮތް ދެ ބޯޓު ދޭތެރެއަށް ވެއްޓި މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ އެމްޕީއެލް ބަނދަރުގައި އޮތް ދެ ޓަގްބޯޓު ދޭތެރެއަށް އެ ކުންފުނީގެ މުވައްޒަފަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10:46 ހާއިރު ލިބިފައިވާ ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ:
އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވޭ
މަރުވެފައިވަނީ އަމީން އަބްދުލްހަމީދު، 30، ދެކޮނުގެ/ގއ. ދެއްވަދޫ
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެމްޕީއެލް އިން ބުނީ ޑިއުޓީގައި ހުރި އެ މުވައްޒަފު ދެ ޓަގްބޯޓު ދޭތެރެއަށް ވެއްޓުނީ ފިޓުޖެހިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ