ނަފްސާނީ ސިއްހަތުގެ ދާއިރާ ކުރިއަރުވަން ބީއެމްއެލް އިން “އޮއިވަރު” ކޮންފަރެންސާ ބައިވެރިވެއްޖެ 200 އަށްވުރެ ގިނަ އާއިލާއަށް ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ރޯދަ ހަދިޔާ ރާއްޖޭގައި އޭއައި ސެންޓަރެއް ހަދަން ބީއެމްއެލްގެ އެހީތެރިކަން ރޯދަ މަހުގެ އުމްރާވެ

މިދިޔަ އަހަރު ބީއެމްއެލް އަށް ލިބުނު މާލީ ކުރިއެރުމާ ގުޅިގެން، ހިއްސާގެ ފައިދާގެ ގޮތުގައި 322 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. މިއީ ބޭންކުގެ ހިއްސާދާރުންނަށް މިއަހަރު ލިބިގެންދާނެ ވަރަށް ބޮޑު މަންފާއެކެވެ.
ބޯޑުގެ މި ނިންމުމާ އެކު، ކޮންމެ ހިއްސާއަކަށް 60 ރުފިޔާގެ މަގުން ފައިސާ ބެހުމަށް ވަނީ ހުށަހަޅާފައެވެ. މިގޮތުން ޖުމްލަ 322،915،200 ރުފިޔާ ބަހަން ހުށަހަޅާފައިވާއިރު، މި ފައިސާ ހިއްސާދާރުންނަށް ދޫކުރަން ފަށާނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މި އަދަދު ފާސްކުރުމަށް ފަހުގައެވެ.
ނަގުދު ފައިސާގެ އިތުރުން، ބޭންކުގެ މިހާރު ތިބި ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކޮންމެ ހިއްސާއަކަށް އިތުރު ދެ ހިއްސާ ދޫކުރާނެއެވެ. މި ބަދަލާ އެކު 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ ބުކް ވެލިއު 1015.90 ރުފިޔާއަށް އަރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބޭނެއެވެ.
ބޯނަސް ހިއްސާ ދޫކުރުމުގެ މައިގަނޑު ބޭނުމަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް، ހިއްސާދާރުންނަށް ލިބޭ ނަފާ ބޮޑުކުރުމެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް ވެސް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ހުރިހާ ފައިދާއެއް ވެސް ލިބޭނީ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ