ސަން ބަދިގެ: ގޯލްޑަން ޑްރިންކް
މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި މި ގެނެސްދެނީ ތާޒާ މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ވަރަށް މީރު ބުއިމެއް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ރޯދަވީއްލާ ވަގުތަށް ވެސް އަދި ތަރާވީހު ދަމަށް ވެސް ކެއުމުގައި ހިމަނާލެވިދާނެ ބުއިމެކެވެ. ބޭނުންވާ ތަކެތި1 އަލަނާސި 3 އޮރެންޖް1 ދޮން އަނބުރީނދޫކޮޅެއްޝުގަ ސިރަޕް ނުވަތަ ހަކުރު ތައްޔާރުކުރާނެގޮތް އަލާނާސި، އަނބު އަދި އޮރެންޖް މާބޮޑުކޮށް ނޫނަސް މިކްސަރަށް އެޅޭ ވަރަށް ރީތިކޮށް ކިއުބްސް ގޮތަށް ކޮށާލާށެވެ. އޮރެންޖްތައް ކޮށާލަންވާނީ ތޮށި މަށާލުމަށްފަހުއެވެ. މިކްސަރަށް ނުވަތަ ބްލެންޑާއަށް މޭވާތައް އަޅާލުމަށްފަހު ގާތްގަނޑަކަށް ބައިޖޯޑު ހުންނަހާ ފެން އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ރަހަ އަދި ކުލަ ރީތިވާ މިންވަރަށް ރީނދޫ އަދި ޝުގަ ސިރަޕް ނުވަތަ ހަކުރު އެޅުމަށްފަހު މިކްސަރުން ރަނގަޅަށް ގިރާލުމަށްފަހު ޖޫސް ޖަގެއް ނުވަތަ ފުޅިއަކަށް އަޅާ ފިނިކުރަން އައިސް އަލަމާރީގައި ބަހައްޓާށެވެ. ބޭނުންނަމަ ހަކުރު އަދި ޝުގަ ސިރަޕް ނާޅާ ވެސް މި ބުއިން ތައްޔާރުކޮށްލެވިދާނެއެވެ. މިއީ ރޯދަވީއްލާ ވަގުތުގެ އިތުރުން ހާރުދަން އަދި ތަރާވީސް ގަޑީގައި ވެސް ބޯލަނަށް ރަނގަޅު ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ