ލައިސެންސްނެތި ބާރު ދުވެލީގައި ސައިކަލު ދުއްވަނިކޮށް، ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރުތުކޮށް ބަންދުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި އެކްސިޑެންޓު ހިނގީ، ސިނަމާލެ ބްރިޖު ލައިޓު ކައިރިން ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ޕޭވްމަންޓަށް އަރައިގެންނެވެ. އެގޮތުން:
ބުދަ ދުވަހުގެ ރޭ ދަންވަރު 1:39 ހާއިރު ހިނގި އެ އެކްސިޑެންޓެއްގައި ސައިކަލުގެ ފަހަތުގައި އިން 16 އަހަރު ކުއްޖާ ވަނީ މަރުވެފައި
ސައިކަލު ދުއްވަން އިނީ، ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް 19 އަހަރުގެ ޒުވާނެއް
ތަފްސީލް - އިއްޔެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ ހިލާފުވާނަމަ އަލުން ބަންދުކުރަން ފުލުހުންނަށް އެދެވޭގޮތަށެވެ.
ބަންދުން ދޫކޮށްލަދިނުމަށް އެދެމުން ބަންދު މަޖިލީހުގައި އިއްޔެ އޭނާ ބުނެފައިވަނީ، އެކަން ހިނގާފައިވާ ކަމަށް އިންކާރު ނުކުރާ ކަމަށެވެ. އޭނާ ބުނީ:
އެކަމަކު އެކަން ހިނގާފައިވަނީ ގަސްތުގައި ނޫން ކަމަށާއި ދެ ރަށްޓެހިން ސައިކަލުގައި ދަނިކޮށްވީ ކަމެއް ކަމަށް
އެކަން އެހެން ހިނގީތީ ހިތާމަކުރާ ކަމަށް
މައްސަލައިގައި ކަން ހިނގާފައިވާގޮތް ބަލައި ހަރުކަށި ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލަދިނުމަށް އެދޭ ކަމަށް
ކޯޓުގައި ފުލުހުން ވެސް ވަނީ، ހަރުކަށި ޝަރުތުތަކާއެކު ދޫކޮށްލުމުން ފުލުހުންނަށް އެއްބާރުލުންދޭނަމަ ބަންދުން ދޫކުރުމަށް ދެކޮޅު ނަހަދާކަން ފާހަގަކޮށްފަ އެވެ.
އެހެންވެ، ޝަރުތުކޮށްފައިވާ މުއްދަތުގައި ޝަރުތުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރަން ފުލުހުންނަށް އެދެވޭނެ ކަމަށް އަންގައި އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ލައިސެންސްނެތި ސައިކަލު ދުއްވަނިކޮށް ކުޑަކުއްޖަކު މަރުވުމުން ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ