26.2.26 ގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުރީ އެންމެ 14 ކައިވެނި 26.2.26 ގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުރީ އެންމެ 14 ކައިވެނި

މި އަހަރުގެ އެންމެ ރީތި ތާރީހު އައި އެއް ދުވަސް ކަމަށްވާ 26.2.26 ގައި ވެރި ރަށް މާލެ އާއި މި ސަރަހައްދުގައި ކުރީ އެންމެ 14 ކައިވެނި ކަމަށް ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އިއްޔެ އެ ކޯޓުން 14 ކައިވެނި ކޮށްދިން އިރު، އޭގެ ތެރެއިން ހަ ކައިވެނި ކޮށްދިނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި އަށް ކައިވެނި ކޮށްދީފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.
އަހަރުގައި އަންނަ މިފަދަ ރީތ ތާރީހުތަކުގައި މީގެ ކުރިން ރާއްޖެ އަދި މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކައިވެނި ކުރެ އެވެ. އެގޮތުން، މިދިޔަ އަހަރު، މެއި 25، 2025، ގައި މާލޭގައި އެކަނި ވެސް 50 ކައިވެނި ކުރި އެވެ.
އޭގެ ކުރިން، ފެބްރުއަރީ 2، 2020، ގައި މާލޭގައި 64 ކައިވެނި ކުރި އެވެ. އެކަމަކު އެންމެ ގިނަ ކައިވެނި ކުރި ކަމަށް ބެލެވެނީ 2022 ވަނަ އަހަރެވެ. ފެބްރުއަރީ 22، 2022، ގައި މާލޭގައި 87 ކައިވެނި ކުރި އެވެ.
ރީތި ތާރީހުތަކުގައި އަދި ރީތި ނުވަތަ ތަފާތު މަންޒިލްތަކުގައި ކައިވެނި ކުރުމަކީ ކުރިން ފެށިގެން ވެސް ދިވެހިންގެ އާދަކާދައެއް ކަމަށް ބެލެވެ އެވެ. އެގޮތުން، މާލެ ސިނަމާލެ ބްރިޖު ހުޅުވުމުގެ ކުރިން އެތަނުގައި އެއް ފަހަރާ ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ