ކުނި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއް ބުރިޖު މައްޗަށް ފުރޮޅާލައިފި

ކުނި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއް މިއަދު، ސިނަމާލެ ބުރިޖު މައްޗަށް ފުރޮޅާލައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލާފައިވާ މައްސަލައެއް ހެނދުނު 09:45ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިގޮތުން، އެ ޕިކަޕު ފުރޮޅާލީ، ފުރޮޅު ފަޅައިގެން ގޮސް، އަރިއަޅާލައިގެން ފެންސްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެފައިނުވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯ ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ، ބޮޑު ޕިކަޕެއް ބުރިޖު މައްޗަށް ފުރޮޅާލަފައިވަނިކޮށެވެ. އެ ސަރަހައްދުގައި ޓްރެފިކު ޕޮލިހެއް ހަރަކާތްތެރިވަމުން ދިޔައިރު، ބައިވަރު ކުނިތައް ބްރިޖު މައްޗަށް އެޅިފައި ހުރި މަންޒަރު ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ