އީރާނާއި އިޒްރޭލުން ހަކަތަ ކާރުހާނާތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލާއި އީރާނުން ހަކަތަ ކާރުހާނާތަކަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދު އިތުރަށް ހަލަބޮލިވެ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.ހަމައެއާއެކު ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަތަރު އަދި ކުވައިތުގައި ހުންނަ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން އިތުރަށް ބަލިކަށިވާނެކަން އެ ބަޔާނުގައި ފާހަގަކުރިއެވެ."ތެޔޮ އިންސްޓޯލްމަންޓްތަކާއި، ޑީސެލިނޭޝަން ޕްލާންޓްތަކާއި، އެއާޕޯޓްތައް ފަދަ މުހިންމު ތަންތަން ހިމާޔަތް ކުރުމުގެ މުހިއްމުކަން މީގެ ސަބަބުން ހާމަވޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ދެ ފަރާތުން ވެސް ވަނީ މެދު އިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުންނަ ގޭހާއި ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާދީފަ އެވެ.އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ދަނީ އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ