މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހަބަރު ހުސްވެފައި ތިއްބާ މިއަދު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ހެނދުނު 6:35 ހާއިރު ލިބިފައިވާ ކަމަށެވެ.
ތަފްސީލް - ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ.
މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށާއި އެ ހަތަރު މީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހަބަރު ހުސްވެފައި ތިއްބާ ފެނުނީ އުތުރުގެ ރަށްރަށަށް ދަތުރުކުރާ ބޯޓެއް ކަމަށްވާ 'ޑީއެމްއެމްއޭ އެކްސްޕްރެސް 5' ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިންނެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހަބަރު ހުސްވެފައި ތިއްބާ ފެނިގެން ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ