ހުރަވީ ބިލްޑިން ހުރި ބިމުގައި ސައިކަލު ޕާކު ކުރަން ހާއްސަ ޕާކިން ޒޯނެއް ތަރައްގީކޮށް ބޭނުންކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ހުރަވީ ބިލްޑިން ހުރި ބިމުގައި ތަރައްގީކުރީ ސައިކަލު ޕާކު ކުރަން ހާއްސަ ޒޯނެއް ކަމަށެވެ. އެތަނުގައި 224 ސައިކަލު ޕާކު ކުރެވޭނެ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
ތަފްސީލް - ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި މީގެ ކުރިން ވެސް 200އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ ތަރައްގީކުރި އެވެ.
އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަރުކާރު އޮފީސްތައް ހިންގާ ސަރަހައްދަކަށްވުމުން ޕާކިންގެ ޖާގައިގެ ދަތިކަން އޮވެ އެވެ.
ފާހަގަ ކުރެވޭ - ރާއްޖޭގައި ފުރަތަމަ ތިން ބުރިއަށް ހެދި ބޮޑެތި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ބިލްޑިން ތަޅާލީ، އުމުރުން 35 އަހަރުގެ އިމާރާތް ބާވެ، އެ ތަން ބޭނުންކުރެވޭ ވަރަށް ވުރެ ހާލަތު ގޯސްވެފައި ހުންނަތާ އެތައް އަހަރެއް ފަހުން 2022 ވަނަ އަހަރު އެވެ. ހުރަވީ ބިލްޑީންއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެ ވަނަ ދައުރުގައި ހުޅުވި ސަރުކާރުގެ ދެ ވަނަ އޮފީސް އިމާރާތެވެ.
ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި 224 ސައިކަލުގެ ޕާކިން ޒޯނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ