ސްކޫލް ކުދިންނަށް ހާއްސަކޮށްގެން އަލަށް ބާއްވާ ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި އެވެ.
އިއްޔެ މާލޭގައި ފެށި މި މުބާރާތުގައި ޖުމްލަ 17 ސުކޫލަކުން 130 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 30 ގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ މުބާރާތުގައި ޖުމްލަ 596 މެޗް ކުޅޭނެ ކަމަށެވެ.
މި މުބާރާތަކީ 13 އަހަރުން ދަށް 15 އަހަރުންދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
ސްކޫލް ކުދިންގެ ޓީޓީ ޗެމްޕިއަންޝިޕް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ