ނޯތު ހާބަރުގެ ޒޯން އޭ ސަރަހައްދަށް (ބޮޑުތަކުރުފާނުމަގާ ވީ ފަޅިއަށް އޮންނަ ތޮއްޓަށް) ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ނޯތު ހާބަރާ ދިމާލުން ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ފެބްރުއަރީގަ އެވެ. އަދި ފެނާއި ކަރަންޓުގެ ނިޒާމު ގާއިމްކުރަން ފެށީ މާޗުގަ އެވެ.
އެ މަސައްކަތް ފަށައިގެން މިވީ 4 މަހަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ނޯތު ހާބަރުގެ ޒޯން އޭއަށް ފެނާއި ކަރަަންޓުގެ ހިދުމަތެއް ނުލިބެ އެވެ.
ތަފްސީލު - މި މައްސަލަ އާއި ނޯތު ހާބަރުގައި ހުރި އިތުރު މައްސަލަތައް ފެންމަތިކޮށް، 'ދައުރު'އިން ވާނީ މި ހަފްތާގެ ތެރޭގައި ރިޕޯޓުތަކެއް ޝާއިއުކޮށްފަ އެވެ.
އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން އެމްޕީއެލްގެ ވެރިންނާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ ފަށާފަ އެވެ. އެކަމަށް އެދިވަޑައިގެން، މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެވެ.
ނޯތު ހާބަރުގެ ޒޯން އޭގައި ފެނާއި ކަރަންޓު މީޓަރު ބަހައްޓާފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
އެ ހިދުމަތްތައް ނުލިބޭ މައްސަލަ ރިޕޯޓުކުރުމާ އެކު އެމްޕީއެލްއިން ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ހިދުމަތްތައް ދޭން ފަށާފަ އެވެ.
އެ ސަރަހައްދަށް ވަޑައިގެން އެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީގެވެ.
އެމްޕީއެލްއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަަހައްދުގައި ފެނާއި ކަރަންޓުގެ ހިދުމަތް މީގެ ކުރިން ނުލިބޭ ކަމަށެވެ.
"މި މަސައްކަތް ނިންމައި، މި ސަރަހައްދުން ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރުގެ ހިދުމަތް ހޯދާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
4 މަސް ފަހުން ނޯތު ހާބަރުގެ ޒޯން އޭއަށް ފެނާއި ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ