ސ.މީދޫ ޒުވާނަކު މާވަހަރެއް ކަމަށް ލަފާކުރާ އެއްޗެއް ހޮވައިފި ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024: އައްޑޫ ސިޓީ އާއި ޅ. ކުރެންދޫ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ 50 ޕަސެންޓު ޑިސްކައުންޓާއެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް މިމަހު 30 ގަ ތިން ދުވަހުން ސައިކަލު

ކ.ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ކ.ތިލަފުށީގައި ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން މި މަހުގެ 21 ވަނަ ދުވަހު ހެނދުނުހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އިމިގްރޭޝަންގެ 28 އޮފިސަރުންނާއި ފުލުހުންގެ 35 އޮފިސަރުން ބައިވެރިވި މި ރެއިޑުގައި 257 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ، މީގެތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިއަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެގޮސްފައިވާކަމަށެވެ. އަދި 22 ފަރާތަކަށް ލިޔުމުން ނޯޓިސް ހަވާލުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ފާއިތުވެދިޔަ 1 އަހަރު ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 5000 ބިދޭސީންވަނީ ފުރުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ