ރައްޔިތުންގެ މަޖިލީހުގެ, ހިނގަމުން މިދާ ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ.
ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާަަސަތުން ހުށަހަޅުއްވާ ހުށަހެޅުއްވުމެއްގެ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މަޖިލީހުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
Advertisement
."މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު އަޅުގަނޑު ގަސްދުކުރަނީ މިދައުރު 15 ޑިސަމްބަރު 2024 ގެ ނިޔަލަށް މި ދައުރު އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންކަމުން، ދައުރު ދަންމާލުމާމެދު ވޯޓަށް އެހުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުރު ދަންމަވާލައްވަން ނިންމަވާފައިވާކަން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވި އިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަދި މަޖިލީހުން ފާސްނުކުރެއެވެ.
ހަމަ އެހެންމެ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނު އިސްލާހުކޮށް، ގޭންގް ކުށްތައް ހުއްޓުވުމަށް އައު ގާނޫނެއް އުފެއްދެވުމަށް ނިންމަ އެ ދެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިއުލާން ކުރައްވާފަ އެވެ.
މަޖިލީހުގެ ދައުރު ދަންމާލަން ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ