ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުންކޮށްފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
މަނީ ލޯންޑްރިން ދައުވާއާ ގުޅިގެން ޝަމްއާން 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަށް އަހަރަށް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ޝަމްއާން ދެ އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ޝަމްއާން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ބިދޭސީ މީހާ އަތުން ފޭރުނު ފަސް ލައްކަ ރުފިޔާ ތިން މަސް ތެރޭގައި ރައްދުކުރުމަށްވެސް ހުކުމްކޮށްފައިވެ އެވެ.
ޝަމްއާން 25 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ