ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އާ ބުރު ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ. އެހެންވެ ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.
ޒުވާން ހަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.
މިނިސްޓްރީން ބުނީީ އާ ބުރު އަންނަ މަހު ފަށާ އިރު، މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ތަމްރީނުތައް ކުރިއަށް ގެންދާނީ ފޭސް-ޓު-ފޭސްކޮށް ކަމަށެވެ. ރަށްރަށުގައި އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން މާލެ އައިސް ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ވެސް އެ ފުރުސަތު ވެސް އޮންނާނެއެވެ.
ޒުވާން ހަތީބުން ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ހަތަރު ބުރުން ސެޓްފިކެޓް ހާސިލުކުރި ޒުވާނުންނަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ނަމާދުކުރާ ޒުވާނުންނެވެ.
މި ޕްރޮގްރާމް ފެށީ 2024 ގައެވެ.
ޒުވާން ހަތީބުން ޕްރޮގްރާމްގެ ފަސްވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ