ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ގާނޫނީ އޮނިގަނޑު ފާސްކޮށް، އަމަލީ ގޮތުން ތަންފީޒުކުރަން ފެށުން ކަމަށެވެ. އަދި ބޭނުންފުޅުވަނީ އޮސްޓްރޭލިއާގައި ވެސް ކަންކުރާ އުސޫލުން، ކަނޑައެޅޭ ވަކި ސޯޝަލް މީޑިއާ އެޕްތަކެއްގައި 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓް ނުހެދޭ ގޮތް ހެދުން ކަމަށެވެ.
”ކަމާގުޅޭ ގާނޫނުތަކާއި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސޯޝަލް މީޑިއާ ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި ފިޔަވަޅުތައް އަޅަން ގަސްދުކުރަން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު ވާހަކަދައްކަވައި، ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ތައާރަފުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރަން ފިޔަވަޅުތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ