މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް 38 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 40 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ވަނީ 27 މިލިއަން ރުފިޔާ ލިބިފަ އެވެ.
ޖޫރިމަނާގެ ގޮތުގައި މިދިޔަ މަހު އެކަނި ދައުލަތަށް 20 މިލިއަން ލިބިފައިވެ އެވެ. އެހެންވެ، މިދިޔަ ހަތަރު މަހުގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އެންމެ ބޮދު އާމްދަނީއެއް ވަދެފައި ވަނީ އޭޕްރީލްގަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ވަނީ 14 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އޭގެ ތެރެއިން ޑޮލަރުން ލިބުނީ 660،000 އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތަށް ވަތް އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ އޭޕްރީލް މަހު ދައުލަތަށް ޖުމްލަ ވަތް އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ ދަށްވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓީޖީއެސްޓީއިން ދައުލަތަށް ވަތް އާމްދަނީ ދަށްވުމެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު މަދުވެ، މިދިޔަ ދެ މަސް ތެރޭ ޓޫރިޒަމް ދާއިރާއަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ.
ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 38 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ