ނާޒިމު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހު
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުން ތާވަލުކޮށްފި އެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ބޭރުކޮށް މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ސޮއި ހަމަކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން މެންބަރުންނަށް 50 މިނެޓް އަދި ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ. ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ