ކުރިމިނަލް ކޯޓުގެ އިސްގާޒިއަކަށް ބާރީ، ސިވިލް ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާއި ސިވިލް ކޯޓުގެ އިސްގާޒީކަމުގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި ދެބޭފުޅުން ދާއިމީކޮށްފިއެވެ. ކުރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އަބްދުލްބާރީ ޔޫސުފް ހަމަޖެއްސިއިރު ސިވިލްކޯޓުގެ އިސް ގާޒީ އަކަށް ހަމަޖެއްސީ ޢަބްދުﷲ އަލީއެވެ. ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ހަމަޖެއްސެވި އަބްދުﷲ އަލީ ---- ސަން ފައިލް ފޮޓޯ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ ޑިރެކްޓަރު ހަސަން ޒަހީން މިއަދު ސަން އަށް ވިދާޅުވީ އެދެބޭފުޅުން ދާއިމީ ކުރަން ފާސްކޮށްފައިވަނީ އެކޮމެޓީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އަށް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ