މެމްބަރު ނަޝީދު ގެ ތާއީދު ނޮޅިވަރަމް ދާއިރާގެ ޕީއެންސީގެ ކެނޑިޑޭޓް އަޝްރަފް އަށް

ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ، މި ފަހަރުގެ މަޖިލިސް އިންތިހާބުގައި އެދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓު އަޝްރަފަށް ތާއީދުކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ހައްޖު ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން، ޝަކީލް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ސިޔާސަތު  މެމްބަރު ނަޝީދު ބަލައިގެންފައިވާ ކަމަށެވެ.
އެހެންކަމުން މެމްބަރު ނަޝީދު ނޮޅިވަރަމް ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުއްވާ ކެނޑިޑޭޓް އަޝްރަފަށް ތާއީދުކުރައްވާ، އަޝްރަފްގެ ކެމްޕެއިން ޓީމާއި ގުޅިވަޑައިގެންފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަމިއްލަ މެމްބަރެއްގެ ގޮތުގައި ދާއިރާ ތަމްސީލު ކުރެއްވި ނަޝީދު މިފަހަރުވެސް މަޖިލިސް އިންތިހާބަށް ވާދަކުރައްވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ