އެ ކެންޑިޑޭޓުންނާއި ކުރިމަތިލާ ދާއިރާތަކުގެ މައުލޫމާތު ޓީވީއާ ނޫސްތައް މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރާނެ ކަމަށް ޕީއެންއެފް އިން މިއަދު ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ވިހިވަނަ މަޖިލީސް އިންތިހާބު ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންޑޯޒްމަންޓް -- ތާއީދާ އެކު 40 ކެންޑިޑޭޓަކު ވާދަ ކުރާނެ ކަމަށް އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުނެފި އެވެ.
ޔާމީންގެ ތާއީދާ އެކު މަޖިލީސް އިންތިހާބަށް ނިކުންނަ ކެންޑިޑޭޓުން މިއަދު ވަނީ ފޯމް ހުށައަޅާފައެވެ. ޕީއެންއެފްގެ ހެޑްކުއާޓާ -- ހ. ހުރަފާ އިން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ ބައި ހިންގާ ދަރުބާރުގެއަށް ޔާމީންގެ އަރިސް ބޭފުޅުންނާއި އެމަނިކުފާނުގެ ތާއީދާ އެކު ނިކުން ކެންޑިޑޭޓުން ދިޔައީ ހިނގާފައެވެ.ފޯމްތައް ހުށައެޅުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޔާމީންގެ ތާއީދާ އެކު 40 ކެންޑިޑޭޓުން މި އިންތިހާބު ގައި ވާދަ ކުރާނެ ކަމަށެވެ. އެ ކެންޑިޑޭޓުންނާއި ކުރިމަތިލާ ދާއިރާތަކުގެ މައުލޫމާތު ޓީވީއާ ނޫސްތައް މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.މަލީހް ވަނީ ޔާމީންގެ ތާއީދާ އެކު ނިކުންނަ ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ލޯގޯ ބޭނުން ނުކުރެވޭނީ ވަކި ހާއްސަ ކުލައެއް ބޭނުން ކުރެވޭނެ ގޮތް ހަދައިދިނުމަށް އިލެކްޝަންސް ކޮމިޝަން ގައި އެދިފައެވެ. މަލީހް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާ އެ މަސައްކަތަށް މަޑުޖެހުމެއް ނެތް ކަމަށެވެ. ނަމަވެސް މަޖިލީސް އިންތިހާބުގެ ކުރީން ޕާޓީ ވުޖޫދު ނުކުރެވޭނެތީ އެ ޕާޓީގެ ތާއީދާ އެކު ނިކުންނަ ކެންޑިޑޭޓުން އެނގޭނެ ގޮތެއް ކުލަ އަކުން ނުވަތަ ލޯގޯ އަކުން ނަމަވެސް އެނގޭނެ ގޮތް ހައިދޭން އެދޭ ކަމަށެވެ.އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ އިންތިހާބު ގައި، ވޯޓް ކަރުދާސްތަކުގައި ހުރިހާ ކެންޑިޑޭޓުންގެ ފޮޓޯއާއެކު ލޯގޯ ޖަހާ ގޮތަށް ނިންމާފައެވެ.
އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓް ކަރުދާހުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންގެ ފޮޓޯއާއެކު ޖަހާނީ އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ލޯގޯ ކަމަށެވެ. އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް އަމިއްލަ ލޯގޯއެއް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ލޯގޯ ހުށަހެޅުމުން އީސީ އިން އެ ލޯގޯ ފާސް ކުރާނެ އެވެ. "އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭއިން، އެއް ކެންޑިޑޭޓެއްގެ ހުށަހަޅާ ލޯގޯ އެއް އަނެއް ކެންޑިޑޭޓަކަށް ބޭނުމެއް ނުކުރެއްވޭނެ. ދެ ލޯގޯ އެއްގޮތް ވެއްޖެނަމަ ފުރުސަތު ލިބޭނީ ކުރިން ލޯގޯ ހުށަހެޅުއްވި ކެންޑިޑޭޓަކަށް،" ހަބީބް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީންގެ ތާއީދާއެކު މަޖިލީސް އިންތިހާބަށް 40 ކެންޑިޑޭޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ