މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުން އޮންލައިންކޮށް!

މިއަދު ހަތަރެއް ޖަހާއިރު ދަރުބާރުގޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އިޖްތިމާއީ ގައިދުރުކުރުމުގެ އުސޫލުގެ ތެރެއިން އޮންލައިންކޮށެވެ. އެގޮތުން މި ބައްދަލުވުމުގައި ނޫސްވެރިން ބައިވެރިވާނީ ވީޑިޔޯ ކޯލްެއެއް މެދުވެރިކޮށެވެ.
މިއީ ރާއްޖޭގެ ތާރީޚްގައި އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ 27 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ