ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މާދަމާ ފަށަނީ

ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތް މާދަމާ މެންދުރު ފަހު ފަށަން ނިންމައިފި އެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 16 ސްކޫލަކުން ވަނީ ބަިއވެރިވެފައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ދާނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެއުމުރު ފުރާތަކަކީ ، 12 އަހަރުން ދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.
މިއަހަރުގެ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވާނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ ނިޕޯން ޕެއިންޓް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ