މޫސުން ގޯސްވުމުގެ ސަބަބުން ޝަަރަފުގެ ހިނގާލުން ކެންސަލްކޮށްފި

މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބޭއްވުމަށް ތާވަލުކުރެވުނު ސިފައިންގެ ޝަރަފުގެ ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ސިފައިންގެ ޝަރަފުގެ ހިނގާލުން ކެންސެލްވެފައިވާކަމަށާއި، އެ ހިނގާލުން ދެން  ބާއްވާނެ ދުވަހެއް އަންގާނެ ކަމަށެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުން ބޭއްވުން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 16:30 ގައި ހުޅުމާލޭގައެވެ.
މި ހިނގާލުން ކުރިއަށްގެންދިޔުމަށް ނިންމާފައި އޮތީ ހުޅުމާލޭގެ ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދުން، އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ