މިއަދާއި މާދަމާ ވިއްސާރަވާނެ، އޭގެ ފަހުން މޫސުން ރަނގަޅުވާނެ
މިއަދާއި މާދަމާ ވިއްސާރަކޮށް ދެއްކިޔަސް އޭގެ ފަހުން އަންނަ ދެ ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން ލަފާކޮށްފި އެވެ. މީޓްރިއޮލޮޖީން ބުނީ މިއަދާއި މާދަމާ ވިއްސާރަވިޔަސް ބުދަ އަދި ބުރާސްފަތި ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިއަދުގެ މޫސުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވޭ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ ވެސް އެކަށީގެންވާ ކަމެއް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ މާދަމާވެސް މިއަދެކޭ އެއްގޮތަށް ބައެއް ހިސާބތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ