ޒިނޭގެ ކުށުގައި ހައްދުޖެހުމަށް ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ކުރި ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފި އެވެ.
ފޭދޫ ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވާތީ، 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ޖުވެނައިލް ކޯޓުން ހުކުމްކުރީ ފެބްރުއަރީ 26 ގަ އެވެ. މި ހުކުމާއި ގުޅިގެން ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ މީގެކުރިން ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އަދި އެ ހުކުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ނަމަވެސް އަންހެން ކުއްޖާގެ މައްޗަށް ސާބިތުވެފައިވަނީ ރުހުމުގައި އެހެން މީހަކާ ޖިންސީ ގުޅުން ހިންގި ކަމަށް އަންހެންކުއްޖާ ޝަރީއަތުގައި އިއުތިރާފްވުމުންނެވެ.
ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ވެސް އުސޫލްތަކާ ހިލާފަށް ކަމަށާއި ހުކުމް ވެސް ބާތިލް ކަމަށެވެ.
ފޭދޫ ކުއްޖާގެ މައްޗަށް ޒިނޭކުރުމުގެ ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކުރީ ފޭދޫ ގެއެއްގެ ގިލިފި ތެރޭ ތުއްތު ކުއްޖަކު މަރާލުމަށް ފަހު ވަޅުލާފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގުކުރި ކުރުމުންނެވެ.
އަންހެން ކުއްޖާ އަށް ލިބުނު ދަރިފުޅު މަރާލުމުގެ ތުހުމަތުގައި އަންހެން ކުއްޖާގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ވަނީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ދޮންބައްޕަގެ މައްޗަށް ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އަދި މަންމަގެ މައްޗަށް ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގި ހުރެ ނާންގާ ހުރުމުން އެ ދައުވާ ވެސް ކޮށްފަ އެވެ.
ފޭދޫ ކުއްޖާގެ މައްޗަށް ހައްދު ޖަހަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ