ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލަން ޖެހޭނެ: އެސްޔޫއެލް

އަައްޑޫގެ ގުޅިފައިވާ ރަށްރަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނު ގޭގެ އިންޖީނަކަށް މައްސަލައެއް ދިމާވެގެން، އެ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ދޭތެރެެ ދޭތެރެ އިން ކަރަންޓް ކަނޑާލަން ޖެހޭނެ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނެފި އެވެ.
އެސްޔޫއެލް އިން މިއަދު ގޭގެ އަށް ފޮނުވި ނޯޓިހެެއްގައި ބުނެފައި ވަނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ދޭތެރެ ދޭތެރެ އިން އެއް ގަޑި އިރަށް ކަރަންޓް ކަނޑާލަނެ ޖެހޭނެ ކަމަށެވެ.
"ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ތިޔަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެމުން މިފަދަ ކަންކަމުގައި ތިޔަ ފަރާތުން ދެއްވާ އެއްބާލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ." ނޯޓިހުގައިވެ އެވެ. "އަދި މަތީ ލޯޑް ނަގާ ތަކެތި މި ދަނޑިވަޅުގައި ބޭނުން ކުރެއްވުން ވީހާ މަދު ކުރެއްވުމަކީ މިތަނުގެ ވަރަށް ބޮޑު އެދުމެކެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ