ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ޕީޕީއެމުން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވާތީ އެކަމާއި ދެކޮޅަށް ޕާޓީގެ އޮފީސް ކައިރީ މަދު ބަޔަކު މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.
ހެންވޭރު އާޓިފިޝަލް ބީޗް ކައިރީ ހުންނަ ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވި އުމަރުގެ 10 ވަރަކަށް ސަޕޯޓަރުން މުޅިންހެން އަވަގުރާނައަށް ގޮވާފައެވެ. އަދި ބައެއް މީހުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށާއި ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނަން ވަރަށް ބޮޑަށް ފާޑު ކިޔައި ހަދާފައިވެ އެވެ.
މި މުޒާހަރާގައި ޕީޕީއެމްގެ ޕްރައިމަރީ މައްސަލަ ކޯޓަށް ވެއްދި ރަހުމާ އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ އަނބިކަނބަލުންނާއި އެމްޑީޕީ އެކްޓިވިސްޓެއް ވެސް ބައިވެރިވެފައިވެ އެވެ.
އެއްވި މީހުން އެސަރަހައްދުން ފޮނުވާލާފައވަނީ ސްޓާ ފޯސް ފުލުހުން މެދުވެރިކޮށެވެ.
އުމަރު ނަސީރު ވަކިކުރަން ނިންމުން މަދު ބަޔަކު މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ