ކަނޑިތީމު ދާއިރާގެ މެންބަރު މުހަންމަދު ހުސައިން ޖޭޕީއަށް ސޮއިކޮށްފި
.
ރައްޔިތުން މަޖިލިސްގެ ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސެއިން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް، ޖޭ.ޕީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
މިއަދު ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި މުޙައްމަދު ހުސެއިން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާ މެމްބަރުކަމުގެ ފޯމު އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ހަވާލުކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ، މުހައްމަދު ހުސެއިނަކީ ދިވެހި ތާރީޙުގައި ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ވަރަށް އިހްލާސްތެރިކަމާއެކު ބައިވެރިވެ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސެއިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ،ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުރެގެން ސަރުކާރު ހިންގާ ކޯލިޝަނަށް ގޮނޑި ކާމިޔާބު ކުރެއްވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ