ކުރިއެރުމާއި މަތީ މަގާމު ހޯދައިދިން ބަޔަކަށް ހަރާންކޯރުވުމަކީ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތިމާ އަށް ކުރިއެރުމާ މަތީ މަގާމު ޝުހުރަތު ހޯދައިދިން ބަޔަކަށް ހަރާންކޯރު ވުމަކީ މިއަދުގެ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުކަނޑަކަށް ވެއްޖެ" ކަމަށެވެ.
އަދި މީގެ އިތުރަށް ރައީސް މައުމޫން ވިދާޅުވީ "އެކަން އެހެން ކުރި ބަޔަކަށް އަންނަން އޮތް ޖީލުތަކުގެ މަލާމާތް ރައްދު ވާނެ"ކަމަށެވެ.
ނަމަވެސް ރައީސް މައުމޫނުގެ އެޓްވީޓް އަމާޒުކުރައްވާފައިވަނީ ކޮން ފަރާތަކަށް ކަމެއް ވިދާޅުވެފައި ނުވާއިރު,
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހީމްވެސްވަނީ މިފަދަ ޓްވީޓެއް ކުރައްވާފައެވެ.
ގާސިމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަނަވާރުންވެސް އެސޮރުމެން ގެންގުޅެ ބަލާބޮޑުކުރި މީހާ ދަންނަ ކަމަށެވެ.
ކުރިއެރުން ހޯދައިދިން ބަޔަކަށް ހަރާންކޯރުވުމަކީ ކުރިއެރުމަށް އޮތް ހަރުގަނޑަކަށްވެއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ