ނަވާޒު ޝަރީފަށް ޕާޓީ ނުހިންގޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒްޝަރީފަށް އޭނާގެ ޕާޓީ ހިންގުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ނުހުންނެވޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކުން މީގެ ހަ މަސް ކުރިން މަގާމުން ދުރުކޮށްފައިވާ ނަވާޒް ޝަރީފްގެ މައްޗަށް ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިމިވަނީ ޕާކިސްތާނުގެ ސެނެޓު އިންތިހާބު އަންނަ މާރިޗް މަހުގެ ތިނެއްގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެފައިވާއިރު މި އަމުރު ނުނެރުނު ނަމަ ސެނެޓު އިންތިހާބުގައި ނަވާޒު ޝަރީފްގެ ޕާޓީން ހޯދާ ކާމިޔާބީއެއްގެ ސަބަބުން އޭނާ އަނބުރާ ވެރިކަމަށް އައުމުގެ ފުރުސަތު އޮންނާނެ އެވެ.
ނަވާޒް ޝަރީފްގެ މައްސަލަތައް އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޯޓުގައިވެސް ދަނީ ކުރިއަށެވެ. އެ މައްސަލަތައް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވޭއިރު އެ މައްސަލަތައް ނިމޭގޮތަކުން ނަވާޒް ޝަރީފްގެ މައްޗަށް ޖަލު ހުކުމް ތަކެއް އައުން އެކަށީގެން ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ