ކުނީގެ ފައިސާ ވެމްކޯ ނޫން ތަންތަނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ

ބިލްތަކަށް ފައިސާ ދައްކާ ތަންތަން މެދުވެރިކޮށް، ކުނީގެ ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވެމްކޯއިން ބުނެފިއެވެ.ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މުހައްމަދު އިޤްބާލް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުންކަމަށެވެ. އެގޮތުން އެކިއެކި ބިލްތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ތަންތަން މެދުވެރިކޮށް، ވެމްކޯގެ ބިލްތަކަށްވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.މީގެއިތުރުން އޮންލައިންކޮށްވެސް ވެމްކޯއަށް ފައިސާދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިޤްބާލް ވިދާޅުވިއެވެ.މިހާރު ވެމްކޯގެ ކުނި އުކައިދިނުމުގެ ޙިދުމަތަށް ފައިސާ ދެއްކުން ހަމަޖެހިފައިވަނީ، ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ވެމްކޯއިން އެސް.އެމް.އެސް ކުރުމުން، އިންޑަސްޓްރިއަލް ވިލެޖުގެ ވެމްކޯ ސައިޓަށް ގޮސްގެންނެވެ. ނަމަވެސް ގިނަތަންތަނުން ބިލަށް ފައިސާ ދެއްކޭނެ ގޮތް ހެދުމުން، ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަން އިގުބާލް ވަނީ ފާހަގަކުރައްވާފައެވެ.ވެމްކޯއަށް ފައިސާ ދެއްކުމުގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހެދުމަށް ވެމްކޯއިން ކުރާ މަސައްކަތުގެ ދަށުން، ތަރޑް ޕާޓީ ޕޭމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ވެމްކޯއިން ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ