ޓުއަރިޒަމް ބިލާއި ރައީސް މައުމޫން ދެކޮޅު ހެދުމަކީ އެއީ މައްސަލައެއް ނޫން

އާންމުކޮށް އިއުލާނު ކުރުމަކާއި ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަށް ދޫކުރުމާއި ބެހޭ ބިލަށް ރައީސް މައުމޫނު މިވަނީ ދެކޮޅު ހަދާފައެވެ. އަދި އެ ބިލަށް ވޯޓު ނިދުނުމަށް ވެސް ރައީސް މައުމޫނު އެދުނު ކަމަށްވެއެވެ. މިކަން މިހެން ހިނގުމުން ބައެއް ފަރާތްތަކުން މިކަން މާ ބޮޑު ކަމަކަށް ހަދައިގެން ވާހަކައެބަދައްކައެވެ. 
 ރައީސް މައުމޫނު އެކަމާއި ދެކޮޅު ހެދުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. ޕީޕީއެމްއަކީ އަބަދުވެސް ތަފާތު ހިޔާލާ މަޝްވަރާގެ މަގަށް ލޯބި ކުރާ ޕާރޓީއެކެވެ. އެމީހަކު ބޭނުންވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ޕާރޓީތެރޭގައި އޮންނާނެވެ. ހަޤީގީ ޑިމޮކްރަސީއަކީ އެއީއެވެ. އެންމެންގެ ހިޔާލު ހުރިހާ ކަމެއްގައި އެއްގޮތް ވާނެކަމަށް ދެކުމަކީ މޮޔަކަމެކެވެ. މިނޫން ކަންކަމުގައި ވެސް ރައީސް މައުމޫނުވެސް އަދި އެހެން ބޭފުޅުންވެސް ހިޔާލު ތަފާތުވެފައި އެބަހުއްޓެވެ. އެކަމުން ދޭހަކޮށް ދެނީ ޕާރޓީގެ އެތެރޭގެ ޑިމޮކްރަސީގެ ވަރުގަދަކަމެވެ.
ޑިމޮކްރަސީގެ މާނައަކީ އެއްގޮތަކަށްވެސް ކޮންމެވެސް އެކަކުގެ ހިޔާލަށް އާން ބަސް ބުނެ އެންމެން އެކަކަށް ތަބާވުމެއް ނޫނެވެ. އެކަހަލަ ޑިމޮކްރަސީ އޮންނަނީ އެމްޑީޕީގައެވެ. ނަޝީދު ބުނީމަ ބުނިގޮތަކަށް ހަދަން ޖެހޭނެއެވެ. ނަހަދާ މީހުން ޕާރޓީއިން ބޭރުކޮށްލާނެއެވެ. ޕީޕީއެމްގެ ތަފާތަކީ އެއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ