ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީރު ކުރުމަށް އަވަށްޓެރި ޤައުމުތަކާއި އިންޓަނޭޝަނަލް ކޮމިއުނިޓީން އެހީތެރިވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފިއެވެ.
މިހާރު ކުނޫޒުގައި ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް އެހީތެރުވުމަށާއި ޑިމޮކްރަސީ އަލުން އިޔާދަ ކުރުމަށް އެހީތެރިވުމަށް އަވަށްޓެރި ޤައުމުތަކާއި ބައިނަލް އަޤްވާމީ މުޖްތަމައުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
އިބޫ ވިދާޅުވީ ސްޕްރީމް ކޯޓްގެ އަމުރު ނެރުނު ފަހުން 24 ގަޑިއިރު ވީއުރުވެސް އެ އަމުރު ތަންފީޒުކޮށްފައި ނުވާ ކަމުގައެވެ. އަދި އަމުރު ތަންފީޒު ނުކުރާނަމަ އެކުރަނީ ޖިނާއީ ކުށެއް ކަމަށާއި އެހެންކަމުން ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މުއައްސަސާއާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ވެރިންނަށް ގޮވާލައްވާ ކަމުގައެވެ.
ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދާތީ އެއަމުރު ތަންފީޒު ކުރުމަށް މާލޭގައި ހިންގޭ ހަރަކާތްތަކުގައި ބައިވެރިވުމަށް އަތޮޅުތަކުން ރައްޔިތުން މާލެ އައުމަށްވެސް އިބޫވަނީ ގޮވާލައްވާފައެވެ.
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ބޭރުގެ އެހީއަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ