ރިޔާސި އިންތިހާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވިދާޅުވުމުން އެ މައްސަލަ ތަހުގީގުކޮށް ބަލަންޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ބަދަލުކުރަން ތާއިދު ކުރައްވައި މައުމޫން ވާހަކަ ދެއްކެވީ، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ޖަލުގައި އޮންނަވާތާ 1000 ދުވަސް ފާހަގަކުރަން އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާއާ ގުޅިގެން މީޑިއާތަކުން ލިޔެފައިވާ ޚަބަރުތައް ޓެގްކުރައްވައި އަބްދުރައްހީމް މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ފާޅުގައި ގޮވާލުމަކީ ތަހުގީގުކޮށް ބަލަންޖެހޭ ކަމެއް ކަމަށާއި "މިއީ ސަމާސާ ކަމެއް ނޫން" ކަމަށެވެ.
Qaanoonee gothun ufedhifai sarukaareh vattaalan faalhugai govaalumakee thahugeegu koh balan jehey kameh. Mee samaasaa kameh noon! https://t.co/mdSEVvkLrh
ރައީސް މައުމޫނަށް ރައްދު ދެއްވައި އަބްދުއްރަހީމް ކުރެއްވި އެހެން ޓްވީޓްގައި ވިދާޅުވެފައި ވަނީ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ ކަމަށް ބުނާ ލީޑަރުންގެ ފޮރުވިފައިވާ އެޖެންޑާ މިހިރަ ހާމަވަނީ ކަމަށެވެ.
Gaumaa rayyithunge laabayaa manfaa ah masahkaiy kuraa kamah bunaa leaderunge foruvifaivaa agenda mihira haama vanee. “Mavethi kamuge inthihaa” noonthoa mee! https://t.co/mdSEVvkLrh
"[އެއީ] މަވެތިކަމުގެ އިންތިހާ ނޫންތޯ؟" ކަމަށް އަބްދުއްރަހީމް ސުވާލު އުފައްދަވާފައިވެއެވެ.
ޕީޕީއެމްގެ ބާނީ އަދި އެ ޕާޓީގެ ރައީސްއަކީ މައުމޫނު ކަމަށް ވިޔަސް، އެ މަނިކުފާނު ވަނީ ޕާޓީން ވަކިކޮށްފައެވެ. ޕީޕީއެމް ހިންގުން ރައީސް ޔާމީންގެ ފެކްޝަނަށް ބަދަލުކުރީ ކޯޓް މެދުވެރިކޮށްގެންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ވެރިކަން ބަދަލުކުރަން ރައީސް މައުމޫނު ވިދާޅުވި މައްސަލަ ބަލަން އަބްދުއްރަހީމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ