ތަރައްގީ އާއި އެކު ރައްޔިތުން ތިބިކަން ހާމަކޮށްދީފި

ރާއްޖޭގެ އެކި ސަރަހައްދުތައް އަސުރުމަލުގެ ކުލައިން ފަވާލާ ރައީށް ޔާމީން ކުރައްވަމުން ގެންދަވާ ތަރައްގީގެ މަޝްރޫޢުތައް ފާހަގަ ކޮށް، ތަރައްގީ އާއި އެކު ރައްޔިތުން ތިބި ކަން ހާމަ ކޮށްދީފިއެވެ.ރައީސް ޔާމީން ދިވެހި ރާއްޖެ އަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީގެ މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުން ތިރީހެއްހާ ރަށުގައި އުފާ ފާޅުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތްތައް ހިންގި ރަށްތަކަށް ބަލާލާއިރު، ހއ. ދިއްދޫއާއި، އިހަވަންދޫ، އަދި ރ. މަޑުއްވަރީ، ރ. އުނގޫފާރާއި، މ. ދިއްގަރު، އަދި ލ. ފިނަދޫގެ އިތުރުން ގދ. ތިނަދޫ އާއި އައްޑޫ ފާހަގަކޮށްލެވޭ. އޮގަސްޓު މަހުގެ އެގާރަ ބާރައިގައި ކުރިއަށް ގެންދިޔަ ހަރަކާތް ކާމިޔާބު ކަމާއި އެކު ރޭ ނިންމާލާފައި ވާއިރު، މި ހަރަކާތުގައި ރައްޔިތުންގެ އަޑު ވަރަށް ފުރިހަމަ އަށް ވަނީ އިވިގެން ގޮސްފައެވެ. މި ހަރަކާތުގައި ރައްޔިތުން ބުނެފައި ވަނީ، ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަކީ ރައްޔިތުން އެދޭ މަސައްކަތްތައް ކަމަށާއި މިއީ ދިވެހިން ބޭނުންވާ ފަދަ ތަރައްގީ ކަމަށާއި އެ ކަންތައްތައް ރައްޔިތުން ބަލައި ގަންނަ ކަމަށެވެ. އަދި ދިވެހިންގެ ތާރީޚުގައި ވެސް ގައުމުގެ ހުރިހާ ސަރަހައްދެއްގައި އެއްފަހަރާއި މި ފަދަ ބޮޑެތި މަޝްރޫޢެއް ހިންގެވި އެއްވެސް ރައީސެއް ވެސް ނުދެކޭ ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ. މި ހަރަކާތާއި ގުޅިގެން ޕީޕީއެމުން ބުނެފައި ވަނީ މި ފަދަ ހަރަކާތެއް ކާމިޔާބު ކަމާއި އެކީ ގެންދެވިފައި ވަނީ އެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އެންމެހާ މަޖިލިސް މެމްބަރުންގެ އެއްބާރުލެއްވުން އެންމެ ފުރިހަމަ އަށް ލިބިފައި ވާތީ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އެންމެ އިސް ސަފެއްގައި ހަރަކާތްތެރިވެފައި ވަނީ ޒުވާނުންކަން ފާހަގަ ކޮށް އެ ޕާޓީ އިން ބުނީ، ގިނަ އަދަދެއްގެ ޒުވާނުންތަކެއް މި ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށް. އެ ގޮތުން، ސައިކަލު ބުރާއި ރެލީ ތަކުގައި ޒުވާނުންގެ ހާއްސަ ޝާމިލުވުމެއް ވާކަން ފާހަގަ ކޮށްލެވެއެވެ. ތަރައްގީ އާއު ރައްޔިތުން ހަރަކާތަކީ ރާއްޖޭގެ ތާރީޚުގައި ރައީސެއްގެ މަސައްކަތްތައް ފާހަގަ ކޮށް ކުރިއަށް ގެންގޮސްފައިވާ އެންމެ ފުރަތަމަ ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ